އާބަންކޯއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ މި ޒިޔާރަތުގެ ބޭނުމަކީ އާބަންކޯގެ ދަށުން ތަރައްގީ ކުރަމުން އަންނަ ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ނުނިމި ހުރި މަސައްކަތްތައް ބަލައި، މަސައްކަތްތައް އިތުރަށް އަވަސްކޮށް، ރަނގަޅު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ.
އެމްޑީ ފަޒުލްގެ މި ޒިޔާރަތުގައި އެ ޕްރޮޖެކްޓް ހިންގާ ކުންފުނި ކަމުގައިވާ ސީއެމްއީސީންވެސް ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން މުދާ އަރުވާ އަދި ބާލާ ޖެޓީ އާއި އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ހަދަމުން އަންނަ އާ ޖެޓީގެ މަސައްކަތް ފަޒުލް ވަނީ ބައްލަވާލައްވާފަ އެވެ.