ads
ތެޔޮ ބޯޓުން ދަތުރުކުރި ދެ މީހުން
ލިޓަންގެ މަރާ ގުޅޭ ބައެއް ހެކި ސިއްރުކުރަނީ
މުހައްމަދު ލިޓަން ކިޔާ ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ބައެއް ހެކިތައް ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދޭން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އުމުރުން 35 މުހައްމަދު ލިޓަން ކިޔާ ބަންގްލަދޭޝް މީހަކު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަނީ ގދ ތިނަދޫ, މަނާރު, މުހައްމަދު ނިޒާމުގެ މައްޗަށެވެ. 

ލިޓަންގެ މަރުގެ މައްސަލާގައި ނިޒާމުގެ މައްޗަށް ދައުލަތުން ކުރަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި, ވައްކަމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

މި މައްސަލާގައި ދައުލަތުން ވަނީ ދައުލަތުގެ ހެކިތައް ސިއްރު ކޮށްދިނުމުގެ އަމުރަކަށް އެދިފަ އެވެ. އެހެން ނަމަވެސް, މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ނުލިބޭތީ ނިޒާމުގެ ދިފާއީ ވަކީލު އެދިވަޑައިގަތީ ލިޔެކިޔުންތައް ހަމަކުރުމަށް ފަހު ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭ ގޮތެއް ނިންމުމުގެ ބައި ކުރިއަށް ގެންދިއުމަށެވެ.

އޭގެ މަހަކަށްވުރެ ގިނަ ދުވަސްފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ ހެކި ސިއްރުކޮށް ދިނުމުގެ އަމުރަކަށް އެދިފަ އެވެ. 

ދިފާއީ ވަކީލަށް ލިބެންޖެހޭ ލިޔެކިއުންތައް އަދިވެސް ލިބިފައި ނެތް ނަމަވެސް, ވަކީލު ވިދާޅުވީ ހެކި ސިއްރު ކުރުމަށް އިއުތިރާޖެއް ނެތް ކަމަށެވެ. އެހެންކަމުން, މި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ދައުލަތުގެ ހެކިތައް ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. މި މައްސަލާގައި ސިއްރު ކުރަން ދައުލަތުން އެދުނީ ސިއްރު ހެކިވެރިޔާގެ މައުލޫމާތާއި, މައްސަލަ ތަހުގީގު ކުރި ފަރާތުގެ މައުލޫމާތެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް