ads
ޕާކިސްތާނުގައި ތިބި ހަ ދަރިވަރަކު މިރޭ ރާއްޖެ ގެންނަނީ
ޕާކިސްތާނުގައި ތިބި ދިވެހިން މެޑިސިން ކިޔަވާ ކުދިންގެ ތެރެއިން ހަ ދަރިވަރަކު މިރޭ ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވަންތިބި ކުދިންގެތެރެއިން ކޮވިޑް19 ގެ ކަންކަމުގައި ވޮލެންޓިއާ ކުރަން ބޭނުންވާ ކުދިންނަށް ރާއްޖެ އައުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައިވާ އިރު ޕާކިސްތާނުގައި ތިބި ކުދިންގެ ތެރެއިން 13 ކުއްޖަކު ވަނީ ސަރުކާރުގެ އެހީގައި ރާއްޖެ އައުމަށް ބޭނުންވާކަމަށް ރަޖިސްޓްރީ ކޮށްފައެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވަނީ އޭގެތެރެއިން ހަ ދަރިވަރަކު ފޮރިން މިނިސްޓްރީގެ އެހީގައި ރޭ ފުރުވާލެވިފައިވާކަމަށެވެ. އަދި އެ ހަ ދަރިވަރުން ދޯހާ މަގުން މިރޭ ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. އަދި އެއީ މިދަނޑިވަޅަށް ޖާގަ ލިބުނު މިންވަރުކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ނޭޕާލުގައި މެޑިސިން ކިޔަވަން ތިބި ދިވެހި 35 ދަރިވަރަކުވެސް ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި އޭގެ އިތުރަށް އިތުރު 65 ކުއްޖަކު ވެސް އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް