ads
އެމްއެލްސީއޭ އުފައްދަން މަސައްކަތް ކުރާ ބޭފުޅުންނާ އެކު ލޯކަލް ގަވަމެންޓް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ:ލޯކަލް ގަވަމެންޓް މިނިސްޓްރީ
އަތޮޅުތަކުގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ މީހުން ކަނޑައަޅައިފި
ކައުންސިލުތަކާ ގާތުން މަސައްކަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަތޮޅުތަކުގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ މީހުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ފައްކާކުރަން މި އެޑްމިނިސްޓްރޭޝަނުގެ ސިޔާސަތަކީ ކައުންސިލުތަކާ ވީހާވެސް ގާތުން މަސައްކަތްކުރުން ކަމަށެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކަންކަން ބެލެހެއްޓުމަށް ޒިންމާދާރު މީހަކު އެ މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެގޮތަށް ކަނޑައަޅާފައި ތިބޭ މީހުން އެ އަތޮޅެއްގެ ކަންކަން މޮނިޓަކުރަމުން ގެންދާނެ ކަމަށް ފަތުހީ ވިދާޅުވި އެވެ.

"މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ސިޔާސަތެއް އެކުލަވާލައްވާ އިންތިޒާމް ހަމަޖައްސާފައި މިވަނީ ގިނަ އަތޮޅުތަކަށް އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން. ދެން އެ ބޭފުޅުން އެގޮތަށް އައްޔަން ކުރެވިފައިވާ ކަމާއި މިކަމުގެ މައުލޫމާތު ހުރިހާ ކައުންސިލަކަށް ހުންނާނީ ލިބިފައި. އެ ބޭފުޅުންނާ ގުޅޭނެ ނަންބަރު ވެސް ހުންނާނެ. އޭގެ އިތުރަށް އަދި އިހާ ކުރެވިގެން ތަންކޮޅެއް މަތިން ސްޓޭޓް މިނިސްޓަރު ލެވެލްގައި، މިސާލަކަށް ހއ، ހދ، ށ އެއް ބޭފުޅަކު ވަރަށް ގާތުން އެއީ މިނިސްޓްރީގެ ތެރެއަށް ކަނޑައަޅުއްވާފައި ހުރި ބޭފުޅާ ދަތިވާ ކަމެއް އޮތްތޯ އަދި އެ ދެމެދުގައި އެއަށް ވުރެ މަތީ ފަށަލައަކުން ސަމާލުކަން ދޭން ޖެހޭ ކަމެއް އޮތްތޯ،" ފަތުހީ ވިދާޅުވި އެވެ.

ފަތުހީ ވިދާޅުވެފައި ވަނީ އެގޮތަށް އަތޮޅުތަކަށް އެ މިނިސްޓްރީން ސްޓޭޓް މިނިސްޓަރުންނާއި ޒިންމާދާރު މީހުން ކަނޑައެޅުމުން ކައުންސިލުތަކާ ވީހާވެސް ގާތުން މަސައްކަތްކޮށް، ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައިދެވޭނެ ކަމަށެވެ. ކައުންސިލުތަކާ އެކު ބޭއްވުނު ބައްދަލުވުންތަކުން ފާހަގަކުރެވުނީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ބާރުވެރިކުރުވަން ވަރަށް ގިނަ ކަންކަން ކައުންސިލުތަކަށް ބޭނުންވާކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިނގަމުން އައި ގޮތާއި މިހާރު ހިނގަމުން އަންނަ ގޮތް ތަފާތުކަން ފާހަގަކުރައްވާ ފަތުހީ ވަނީ ރައްޔިތުންނާ އަދި ކައުންސިލުތަކާ ވަރަށް ގާތުން މަސައްކަތްކޮށް، ލާމަރުކަޒީ ނިޒާމުގެ އެންމެ ފޮނި މީރުކަން ކުރިއަށް އޮތްތަނުގައި ހާސިލުވާނެކަން ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް