ads
އެމްޑީޕީން ޖޭޕީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ
ކުރިއަށް ހުރި އިންތިހާބުތަކުގައި އެކުގައި ނުކުންނަން އެމްޑީޕީ/ޖޭޕީ މަޝްވަރާކޮށްފި
ޖުމްހޫރީ ޕާޓީ (ޖޭޕީ) އެކު ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން މަޝްވަރާ ކޮށްފި އެެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޖޭޕީގެ އޮފިޝަލުންނާ އެކު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު, ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނީ 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އެއްބާރުލުންދީ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ޕާޓީއެއް ކަމަށެވެ.

އެމްޑީޕީން އިއްޔެ ވަނީ 2018 ވަނަ އަހަރު ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީއާއެކުވެސް މަޝްވަރާތަކެއް ކޮށްފައެވެ.

ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރުކުވާލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް ސޯލިހު ވަނީ އެ ޕާޓީގެ ބައެއް ކޮމިޓީތަކުގެ މެންބަރުންނާވެސް މިމަހު ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީން ދަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ތައްޔާރުވަމުންނެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް