ads
ގެވެށި އަނިޔާގެ ޝިކާރައަކަށްވެއްޖެނަމަ ރިޕޯޓްކުރޭ!
ގެވެށި އަނިޔާގެ ޝިކާރައަކަށްވާނަމަ 3328393 އަށް ގުޅާ ރިޕޯޓްކުރޭ!
ގޭތެރޭގެ މާހައުލުގައި ލިބޭ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ މައްސަލައަކީ ރާއްޖޭގައި ވެސް ބޮޑު މައްސަލައެކެވެ. ގިނަ ފަހަރަށް އާއިލާ، މުޅި މުޖުތަމައުގެ ތެރޭގައި ފަލީހަތްވެދާނެތީ މިފަދަ މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރު ދަށެވެ. އެކަމަކު، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިފަދަ ކަންކަން ސިއްރުކުރުމުގެ ނަތީޖާ ގޯސްވެދާނެ ކަމެކެވެ. އަދި އެއީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ދެވޭ ހިތްވަރެއް ކަމެވެ.

ޖެންޑާ މިނިސްޓްރީން މިވަނީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކުން 3328393 އަށް ގުޅައި އެކަން ރިޕޯޓްކުރުމަށް އެދިފަ އެވެ. އަދި އެހެން މީހަކާއި މެދު ގެވެށި އަނިޔާގެ އަމަލެއް ހިންގޭ މަންޒަރު ފެންނަ ފަރާތަކުން ވެސް މި ނަމްބަރަށް ގުޅައި އެކަން ރިޕޯޓްކުރެވިދާނެ އެވެ. 

އޭގެ އިތުރުން ކުޑަ ކުއްޖަކާއި މެދު އަނިޔާގެ އެއްވެސް އަމަލެއް ހިންގޭނަމަ އެކަމަށް ހާއްސަ ކުރެވިފައިވާ، 1412 އަށް ގުޅައި އެކަން ރިޕޯޓްކުރުމަށް އިލްތިމާސްކުރެ އެވެ. 

މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ވެސް އަނިޔާގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހެޅޭ މިންވަރު އިތުރުކަން ފާހަގަކުރެވެ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި 243 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 121 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އަދި ގެވެށި އަނިޔާގެ 34 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް