ads
ޕީޖީ ޝަމީމް
ޕީޖީ އޮފީހުން ނޫސްވެރިންނަށް ހާއްސަ ޕޯޓަލްއެއް
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނޫސްވެރިންނަށް ހާއްސަ ޕޯޓަލެއް ހަދައިފިއެވެ.

ޕީޖީ އޮފީހުން، ނޫސްވެރިންނަށް ހާއްސަކޮށް މި ހެދި ވެބްޕޯޓަލްއަކީ، މައުލޫމާތު ފޯރުކޮށްދިނުން ފަސޭހަކޮށްދިނުމަށްޓަކައި ހެދި ކޮރަސްޕަންޑަންޓްސްއެކެވެ.

މިކަމާ ގުޅޭ ގޮތުން ޕީޖީ ހުސައިން ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ކޮރަސްޕަންޓްސް އަކީ ނޫސްވެރިން، ޕީޖީ އޮފީހުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމަށް އުފައްދާފައިވާ ޕޯޓަލްއެއް ކަމަށެވެ. ޕީޖީ ވިދާޅުވި ގޮތުގައި މި ޕޯޓަލް ބޭނުންކުރެވޭނީ ސަރުކާރުގެ އީފާސް އޮންނަ އަދި ރަޖިސްޓްރީވެފައިވާ ނޫސްވެރިންނަށެވެ.

ޝަމީމް ވިދާޅުވީ ޕޯޓަލް އަށް ވަނުމަށްފަހު ނޫސްވެރިޔާ ބޭނުންވާ ސުވާލު ޓެބުގައި ލިޔުމުން ޖަވާބު ލިބޭނެ ކަމަށާއި މއީ ނޫސްވެރިން ކުރާ ބުރަ މަސައްކަތަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމެއް ކަމަށެވެ. މިޕޯޓަލްގެ ތެރޭގައި ކުރިން ކޮށްފައިވާ ސުވާލުތަކާއި އޭގެ ޖަވާބުވެސް ފަހުން ނޫސްވެރިޔާއަށް ބަލާލުމުގެ ފުރުސަތު އޮވެ އެވެ.

މިޕޯޓަލް އަކީ ޕީޖީ އޮފީހުން އާންމު ރައްޔިތުންނާ މުއާމަލާތު ކުރުމަށް އުފައްދާފައިވާ "ރައްޔިތުންގެ ޕޯޓަލް" ތެރެއިން އުފައްދާފައިވާ ޕޯޓަލް އެކެވެ. ޕޯޓަލްގައި ރަޖިސްޓްރީވުމަށްޓަކައި އެ ނޫސްވެރިޔަކު މަސައްކަތް ކުރަމުންދާ އެޖެންސީއެއްގެ ރަސްމީ އީމެއިލް މެދުވެރިކޮށް ޕީޖީގެ އީމެއިލްއަށް [email protected] ނޫސްވެރިޔާގެ އައިޑީކާޑު ނަންބަރާއި ފުރިހަމަ ނަން ފޮނުމުން ރަޖިސްޓްރީ ކޮށްދެ އެވެ. ރަޖިސްޓްރީ ވުމަށްފަހު ޕޯޓަލްއަށް ވަނުމުން "ނޫސްވެރިޔާ ޓެބު" ފެންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް