ads
މެކްޓޮމިނޭ
މެކްޓޮމިނޭގެ ލަނޑުތަކުން ޗެލްސީއަތުން ޔުނައިޓެޑު މޮޅުވެއްޖެ
މެކްޓޮމިނޭގެ ލަނޑުތަކުން ޗެލްސީއަތުން ޔުނައިޓެޑު ލީގުގައި ރޭ މޮޅުވެއްޖެއެވެ.

ޗެލްސީއަތުން ޔުނައިޓެޑު ލީގުގައި ރޭ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ދެ ލަނޑުވެސް ޖެހީ މެކްޓޮމިނޭއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަތުން ރޭ ވަނީ މިސްވެފައެވެ. 

އަމިއްލަ ދަނޑުގައި ޔުނައިޓެޑް، ޗެލްސީ އަތުން ހޯދި މި މޮޅާއެކުވަނީ 27 ޕޮއިންޓާއެކު ހަވަނައިގައެވެ. އެއީ 15 މެޗުންނެވެ. ޗެލްސީ އޮތީ 10 ވަނައިގައެވެ. 

ޗެލްސީ އަތުން ޔުނައިޓެޑުން މުހިއްމު މޮޅެއް މި ހޯދީ، ކްލަބުގެ އެތެރޭގެ ގުޅުންތައް ގޯސްކަމަށް މީޑިއާއިން ރިޕޯޓް ކުރުމާ ގުޅިގެން ގައެއް މީޑިއާތައް ސަސްޕެންޑްކޮށްފައި އޮތުމަށް ފަހުއެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް