ads
ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ މީހުން
ނަޑޭގެ މަރާގުޅޭ މީހުން ބަންދާމެދު އަލުން ގޮތެއް ނިންމަން ޖެހޭ: ސުޕްރީމް ކޯޓު
މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އެ މީހުން ހައްޔަރު ކުރުމާމެދު ހައިކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ދިޔައީ، ހައިކޯޓުގެ މަރުހަލާގައި އެ މީހުން ބަންދު ކުރުމުގެ އަމުރަކަށް އެ ކޯޓުން އެދުނު ނަމަވެސް އެ އަމުރު ނުނެރުމުންނެވެ. އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުނަސް، ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ. އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ނިންމީ، އެ ނިންމުން ބާތިލުކޮށް، އެ މީހުންގެ ބަންދާމެދު އަލުން ހައިކޯޓުން ގޮތެއް ކަނޑައެޅުމަށެވެ.  

އެ މީހުންގެ ބަންދާ މެދު ހައިކޯޓުން އަލުން ގޮތެއް ނިންމަން އަމުރުކުރީ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ސުއޫދު، އަޒްމިރާލްދާ އަދި މަހާޒް އެވެ. ރިޔާސަތުގައި އިންނެވީ ސުއޫދުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް