އިއްޔެ ގެޒެޓްކުރި އިއުލާންގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ އުސޫލު އުވާލާފައިވާ ކަމަށެވެ.
އާއްމު އުސޫލެއްގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫތައް ހަވާލު ކުރަނީ އެ މަޝްރޫއެއް ހިންގުމަށް އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތެއް ބެލުމަށް ފަހުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުގައި އެފަދަ އުސޫލެއް ކަނޑައެޅީ ބިޑްނުކުރާ ސަރުކާރުގެ މަޝްރޫއުތަކަށް އަމިއްލަ ފަރާތްތަކަށް ބިޑް ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުންނެވެ.
ބިޑް ނުކޮށް، ޕްރޮޕޯސަލް ހުށަހެޅޭ އުސޫލު ރައީސް ޑރ. މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އުވާލުމުން ހާމަވަނީ ބިޑް ކުރުމުގެ އުސޫލު ވީހާ ވެސް ބޮޑަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމުގެ ވިސްނުން ރައީސް މުއިއްޒު ގެންގުޅުއްވާކަމަވެ.