
ސިޓީގެ ކޯޗު ގާޑިއޯލާ
އެސްޓަން ވިލާ އަތުން ސިޓީ ބަލިވެއްޖެ
ސްޕޯޓްސް ޓީމް
07 ޑިސެމްބަރ 2023 - 09:53:20
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީ، އެސްޓަން ވިލާ އަތުން ބަލިވެއްޖެއެވެ.
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން އެސްޓަން ވިލާ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.
މި ނަތީޖާއާއެކު، ވިލާވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ. ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 15 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 15 މެޗުން 34 ޕޮއިންޓް ހޯދައިފަ އެވެ. އެސްޓަން ވިލާ ތިން ވަނައިގައި އޮތީ 15 މެޗުން 32 ޕޮއިންޓާ އެކު އެވެ.
ވިލާ އިން ރޭ ސިޓީ ބަލިކުރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ 74 ވަނަ މިނިޓްގަ އެވެ. ޔޫރީ ޓީލަމަންސް ދިން ބޯޅައަކުން މި ގޯލު ޖެހީ ލެއޯން ބެއިލީ އެވެ. މި މޮޅާ އެކު، ވިލާ އިން މި ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 14 މެޗުން މޮޅުވެފަ އެވެ.
67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް