ads
ގެއްލިގެން ހޯދަމުންދިޔަ މުއްރަތު އަލީ މިހާރު ވަނީ ފެނިފައި - ފޮޓޯ: ޕޮލިސް
ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ މިހާރު ފެނިއްޖެ: ފުލުހުން
ގެއްލިގެން ހޯދަމުން ދިޔަ ނ. މިލަދޫ / ގުމުރީގޭ މުއްރަތު އަލީ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މުއްރަތު ގެއްލިގެން ހޯދަން އިއުލާނުކުރިތާ މާގިނައިރުތަކެއް ނުވެ އޭނާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ހުންނަ ފުލުހުންގެ އިދާރާއަށް އޭނާ އަމިއްލައަށް ހާޒިރުވެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. 

ފުލުހުން މިއަދު ބުނީ 30 އަހަރުގެ މި ޒުވާނާ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އެ ޒުވާނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާއަކީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. މިކަމާ ގުޅިގެން ނ. މިލަދޫ ކައުންސިލުގެ ރައީީސް އަބްދުލް މަޖީދު މުހައްމަދު "ސީއެންއެމް" އަށް ވިދާޅުވީ، ގެއްލިގެން ހޯދާ މުއްރަތަކީ މީގެކުރިން ރަށުގައި އުޅުނުއިރު އެކި ފަހަރު މަތިން ގެއްލިގެން ހޯދަން ޖެހުނު މީހެއް ކަމަށެވެ. މީގެ އިތުރުން މުއްރަތަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ނުވަތަ ޖިންނި އަވަލުމުގެ ކަންތައް ދިމާވެފައި ހުރި މީހެއް ކަމަށް ފާހަގަވެފައިވާ ކަމަށް މަޖީދު ވިދާޅުވި އެވެ.

"(އޭރުވެސް) އޭނާ ފިލަނީކީ ނޫން. ޖިންނި ކަންތައްގަނޑުގައި ދޭތެރެދޭތެރެއިން ގެއްލެނީ… ގެއްލިގެން ހަމަ ރޭގަނޑުވެސް ނުކުމެ އަތިރިމަތިންނާއި ވަލުތެރެއިން ހޯދަނީ" މުއްރަތާ ބެހޭގޮތުން މަޖީދު ވިދާޅުވި އެވެ.
މުއްރަތު ގެއްލެން ދިމާވި ސަބަބާއި ކަމާ ގުޅުންހުރި އިތުރު އެއްވެސް ތަފްސީލެއް ފުލުހުންގެ ފަރާތުން ދީފައެއް ނުވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް