ads
އަމީނީމަގުގެ ސެގްމެންޓް ފަހެއް ނިމިފައި. -- ފޮޓޯ: އާރްޑީސީ
އަމީނީ މަގުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަނީ
އަމީނީ މަގު ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުގައި ފެށި މަޝްރޫއުގެ ދަށުން އެ މަގުގެ ނުނިމި އޮތް ދެ ސެގްމެންޓުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފި އެވެ.
Advertisement

އަމީނީ މަގު ހެދުމުގެ މަޝްރޫއާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއާއި އެމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން އެކު މިފަހުން ބޭއްވި ބައްދަލުވުންތަކަށް ފަހު، އާރުޑީސީން މިއަދު ބުނީ އަމީނީ މަގު ސެގްމެންޓް 12 އަދި 13 (ދިވެހިރާއްޖޭގެ އަޑުގެ ބިލްޑިންއާ ހިސާބުން ފެށިގެން އަމީނީ މަގުގެ ބާކީ އޮތް ބައި) ހެދުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކަށް އަންނަ ބަދަލު ފުލުހުން ފަހުން ހިއްސާކުރައްވާނެ ކަމަށެވެ. 

އަމީނީމަގުގެ ނުނިމި އޮތް 2 ސެގްމެންޓްގެ މަސައްކަތް މެދުކަނޑާލީ އަމީނީމަގަކީ ބާރު ބޮޑު މަގަކަށްވުމުން، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކަންކަން ނިމެންދެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދުމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ކުރިންވަނީ ބުނެފަ އެވެ.

ފުލުހުން އާންމުކުރި ޗާޓުގައިވާ ގޮތުގައި، ކަނބާ އައިސާރަނި ހިނގުމުން ދެކުނަށް ދުއްވާ އުޅަނދުތަކަށް ދެން ބުރުޒު މަގުން އަޅައިގެން އިރުމައްޗަށް ވަކި ހިސާބަކަށް ދުއްވޭނެ އެވެ. ބުރުޒު މަގަށް އަޅާ އުޅަނދުތަކަށް އެ މަގުން އިރަށް ދުއްވޭނީ އިއްޒުއްދީން މަގާ ހިސާބަށެވެ.

އަމީނީ މަގުގެ ބާކީ ބައި ހެދުމަށް ބަންދުކުރަނީ އެ މަގާއި އިއްޒުއްދީން މަގާ ގުޅޭ ހިސާބުން ފެށިގެން އެ މަގާއި ބޮޑުތަކުރުފާނު މަގާ ގުޅޭ ހިސާބަށް އޮންނަ ސަރަހައްދެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ސޯލިހު އެޑްމިނިސްޓްރޭޝަނުން އާރްޑީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 12 ސެޕްޓެމްބަރު 2022ގައެވެ. މިމަސައްކަތް މުއިއްޒު އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދަން ޖެހުނީ ނިންމަން ދީފައި އޮތް ތާރީހަށް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ގުޅިގެންނެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމަށް އާރްޑީސީއާއި ރައީސް ސޯލިހު އެޑްމިނިސްޓްރޭޝަން ހަވާލުކޮށްފަވަނީ 84.4 މިލިއަން ރުފިޔާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް