ads
ފިނޭންސް މިނިސްޓަރު މަޖިލީހުގެ ކޮމިޓީގައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ބަޖެޓު 2024: ފުށިދިއްގަރު ހިއްކަން ހިމެނި ފައިސާ އުނިކޮށްފި
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކުރިން ހިމަނަން ނިންމި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުން އުނިކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެގޮތުން ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރު ފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފަވެއެވެ. 

އެ ޕްރޮޖެކްޓަށް ހޭދަކުރަން ކުރިން ނިންމި ފައިސާ ވަނީ އެހެންކަންކަމަށް ހަރަދު ކުރަން ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ފުށިދިއްގަރު ފަޅު ޕްރޮޖެކްޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ. 

އެގޮތުން ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްްކުމުގެ އަމަލީ މަސައްކަތް ފެށުންވެސް ހިމެނެއެވެ. 

ފުށިދިއްގަރު ފަޅު ހިއްކުމުގެ ޕްރޮޖެކްޓް އުނިކޮށް އެ ކޮމިޓީން ވަނީ ރާއްޖޭގެ ދެކުނުން ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް ކުރާ މަސައްކަތައް 10 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ.

ބަޖެޓަށް މިބަދަލުތައް ގެނެސްފައިވަނީ ފިނޭންސް މިނިސްޓަރު އެގޮތަށް އެދިފަވާތީ އެވެ.

45%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް