ads
ބަޖެޓު ކޮމިޓީގެ ބައްދަލު ވުމުގެ ތެރެއިން. ފޮޓޯ: މަޖިލިސް
306 މިލިއަން އިތުރުކޮށް އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 306 މިލިއަން އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން 306 މިލިއަން ރުފިޔާވަނީ އިތުރުވެފައެވެ.
ކޮމިޓީން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވެ އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އަދަދުވަނީ އިތުރުވެފައެވެ.
މިބަޖެޓް ކޮމިޓީން ފާސްކުރީ މިރޭ ބޭއްވި ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެންމެ ބޮޑު ބަދަލެއް ގެނައީ ޕީއެސްއައިޕީ މަޝްރޫއުއަށެވެ.
 ޕީއެސްއައިޕީ މަޝްރޫއުތަކަށް 249 މިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ.

އެއާއެކު ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ޖުމްލަ 8.9 ބިލިއަން ރުފިޔާ ވަނީ ހާއްސަކުރެވިފަ އެވެ.

 މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ހައްލެއް ހޯދުމަށް ސަރުކާރުގެ ވައުދެއްކަމަށްވާ "ފުށިދިއްގަރުފަޅު" މަޝްރޫއު ވަނީ ބަޖެޓުން އުނިކޮށްފައެވެ.

 ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނުއްވާފައެވެ. ކޮމިޓީ މަރުހަލާގައިވަނީ މިބަޖެޓު އުނިކޮށް އެހެން މަޝްރޫއުތަކަށް އެ ފައިސާ ބަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް