ads
އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
މަޖިލީހަށް ކުރިމަތިލާނެ މީހުން ހޯދަން އެމްޑީއޭއިން އިއުލާންކޮށްފި
ކުރިއަށް އޮތް ރައްޔިތުުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ނިމިދިޔަ ސަރުކާރުގެ ކޯލިޝަން ޕާޓީ އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެކުލަވާލާފައިވާ އުސޫލުގައިވާގޮތަށް، އެ ކޯލިޝަނުގެ ލީޑާޝިޕާއި އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން އިތުރު ސިޔާސި ޕާޓީތަކަށް މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. 

އެހެންކަމުން އެމްޑީއޭގެ ފަރާތުން ޕްރައިމެރީގައި ވާދަކުރަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

އެމްޑީއޭގެ ފަރާތުން ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުންގެ ފުރިހަމަ ވާންޖެހޭ ޝަރުތުތައް:

  • 2023 ޑިސެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ހިމެނިފައިވުން.

  • ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ފަރާތަކަށްވުން.

  • ގާނޫނު އަސާސީންނާއި، ގާނޫނުތަކުން އެ އިންތިޚާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންވާ ޝަރުތައް ފުރިހަމަވުން.

  • އަބުރުވެރި ނަޒާހަތްތެރި މީހެއް ކަމުގައިވުން.

ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ޕާޓީގެ އޮފީހަށް ފޯމު ހުށަހަޅަންވާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ. [email protected] ފޯމު މެއިލް ކުރެވެން ވެސް ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފޯމު ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00އަށް ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީ އާއެކު ދެން ވާދަކުރެވޭ ގޮތަށް ހަމަޖައްސާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަނަށް ތާއީދު ކުރި އެމްޑީއޭ އަދި އެމްއެންޕީ އަށެެވެ. 

މިހާރު އޮތް ގޮތުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް