ads
އުރީދޫ މޯލްޑިވްސްއިން ވަނީ އެޕަލް ވޮޗް ސީރީޒް ނުވައެއް ރާއްޖެއަށް ތައާރަފުކޮށްފައި - ފޮޓޯ:ޑިޖިޓަލް ޓްރެންޑްސް
އެޕަލް ވޮޗް ސީރީޒް 9 ހިލޭ ޑެލިވަރީ އާއެކު މިހާރު މޫލީން ގަނެވޭނެ
އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެފަހުގެ ސްމާޓް ގަޑި - އެޕަލް ވޮޗް ސީރީޒް ނުވައެއް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ ސްމާޓް ގަޑި އަޕްގްރޭޑްކުރަން ޝައުގުވެރިވާ ކަސްޓަމަރުންނަށް މިހާރު އޮންލައިން މާކެޓްޕްލޭސް މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް ނުވައަކަށް އޯޑަރުކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވަ ކޮށްލެވޭނެ ކަމަށެވެ.

މި ޑިވައިސްގެ ދެ ސައިޒެއް ލިބެން ހުންނާނެ ކަމަށް އުރީދޫން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ 41 މިލިމީޓަރުގެ އެޕަލް ވޮޗް ސީރީޒް ނުވައެއް 8،750 ރުފިޔާއަށް ލިބެން ހުރިއިރު، 45 މިލިމީޓަރުގެ ގަޑި 9،250 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ.

އެޕަލް ވޮޗް ސީރީޒް ނުވައެއްގައި ޒަމާނީ ޓެކްނޮލޮޖީ އާއެކު ތަފާތު ފީޗާތަކެއް ހިމެނެ އެވެ. އެގޮތުން މި ސީރީޒްއަކީ މިހާތަނަށް އެޕަލްއިން ނެރުނު ސްމާޓް ގަޑިތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑި އެވެ. ހަމަ އެ އާއެކު މި ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާ އާއެކު ސްކްރީނުގައި އަތް ނުލައި އެޕަލް ވޮޗް ބޭނުން ކުރެވެ އެވެ. ކުރީގެ އެޕަލް ވޮޗްތަކާ އަޅާބަލާއިރު ދެ ގުނަ އަލިގަދަ ޑިސްޕްލޭ އާއި ސިއްހަތާއި އެކްސަސައިޒް ކުރުމަށް ބޭނުންކުރެވޭ ފީޗާތަކަށް ގެނެސްފައިވާ ބަދަލުތަކަކީވެސް ފާހަގަކޮށްލެވޭ ބަދަލެކެވެ. މި އާ ފީޗާތަކާ އެކު އެޕަލް ވޮޗް ސީރީޒް ނުވައެއްގެ ބޭނުންތެރިކަން އިތުރުވެ، ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެންދެ އެވެ.

your imageއުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗް ސީރީޒް ނުވައެއް ރާއްޖެއަށް ތައާރަފުކުރުން - ފޮޓޯ:އުރީދޫ

އެންމެފަހުގެ އެޕަލް ވޮޗް ސީރީޒް ނުވައެއް މޫލީ މެދުވެރިކޮށް ގަތުމަށް http://ore.do/applewatch9 ޒިޔާރަތްކޮށްލާށެވެ. މޫލީގެ އިތުރުން އުރީދޫ މޯލްޑިވްސް އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް އެޕަލް ވޮޗް ސީރީޒް ނުވައެއް ތަޖުރިބާކޮށް ގަނެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް