ads
ކުރީގެ ޕީޖީ މުހްތާޒު މުހްސިން
ޔާމީންގެ ވެރިކަމުގައި ޖަލަށްލީ މުހްތާޒުވެސް މަޖިލީހަށް
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ،އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

އަންނަ އަހަރު އޮންނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން މުހްތާޒު ސޯޝަލް މީޑިއާގައި އިއުލާން ކުރެއްވީ މިއަދުއެވެ. މުހްތާޒު ވާދަކުރައްވަން ނިންމަވާފައިވަނީ، ދަގެނތި ދާއިރާއަށެވެ. ދަގެނތި ދާއިރާއަކީ ޕީއެންސީގެ ލީޑަރު މުހައްމަދު ނާޒިމް އިންނަވާ ދާއިރާއެވެ.

މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވައި މުހްތާޒުވަނީ، ދާއިރާ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.

ކުރީގެ ޕީޖީ މަޖިލީހަށް ވާދަކުރައްވަން ނިންމެވިއިރު، ކުރީގެ ޕީޖީ އަހްމަދު މުއިއްޒު ވެސްވަނީ މަޖިލީހަށް ވާދަކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވާފައެވެ. އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުނުއިރު، ހުންނެވި ޕީޖީ މުއިއްޒު ނިންމަވާފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާށެވެ.

މުހުތާޒުވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ޓެރަރިޒަމްގެ ކުށުގައި، 17 އަހަރަށް ޖަލަށްލާފައެވެ. އޭނާ މިނިވަންވި މަތީ ކޯޓުން އެ ހުކުމް ބާތިލް ކުރުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް