ކަޒަކްސްތާން އިންޓަނޭޝަނަލްގެ ކުއާޓާއަށް ނަބާ ނަބީ
ސްޕޯޓްސް ޓީމް
08 ޑިސެމްބަރ 2023 - 16:39:18
އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފި އެވެ.
އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސިންގަލްސްގައި ނަބީ ވަނީ ދެ ވަނަ ބުރުގައި ކުޅުނު މެޗުން ކަޒަކްސްތާންގެ ނާގިޒާ ރަހުމަތުލަޔޭވާ އަތުން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ނަބީ ސެޓުތައް ގެންދިޔައީ 21-19، 21-14 އިންނެވެ.
ކުއާޓާ ފައިނަލް މެޗުގައި ނަބީ ކުޅެން ޖެހޭނީ އުޒްބެކިސްތާންގެ ސޯފިޔާ ޒާހިރޯވާއާ އެވެ.
އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުން ނަބާ ފުރުސަތު ހޯދާފައިވަނީ ދެ ވަނަ ބުރުގެ މެޗުން ޑިއާނާ ގަރަމޯވާއާ ބަލިކޮށްގެނެވެ. ނަބާ އެ މެޗުން މޮޅުވީ، 21-06، 21-04 އިން ސެޓުތައް ގެންގޮސްގެންނެވެ.
ކުއާޓާ ފައިނަލުގައި ނަބާ ބައްދަލުކުރަން ޖެހެނީ ކަޒަކްސްތާންގެ ޖުމަދިލޯވާ ދިލްޔާރާއާ އެވެ.
ރޭންކިންގެ ގޮތުން ނަބާ އާއި ނަބީ ވެސް ކަޒަކްސްތާން މުބާރާތުގެ ސިންގަލްސް ބައިގައި ވާދަކުރަން ޖެހިފައިވަނީ ދެ ވަނަ ބުރުން ފެށިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް