
ސަންޗޯ، ވަރާން އަދި ކަސެމީރޯ ދޫކޮށްލަން ތައްޔާރަށް ތިބި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ރަސްމީކޮށް ކްލަބުން އެކަމާމެދު ވާހަކައެއް ނުދައްކައެވެ. އެކަމަކު ތިން ކުޅުންތެރިންނަށްވެސް އެކިއެކި ސަބަބުތަކާ ހުރެ މިހާރު ޓީމުން ފުރުސަތެއް ނުލިބެއެވެ.
ސަންޗޯއާ އެރިކް ޓެން ހޭގާ ދެމެދު އުފެދުނު ނުތަނަވަސް ކަމަކަށް ފަހު ޓީމުން ބާކީކޮށްފައިވާއިރު، އަނެއް ދެ ކުޅުންތެރިންނަށް ބޮޑަށް ދިމާވެފައިވަނީ އަނިޔާގެ މައްސަލަތަކެވެ. ފުރަތަމަ ސީޒަންގައި ކަސެމީރޯގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނުނަސް ދެވަނަ ސީޒަންގައި ދަނީ ދަށްކޮށެވެ. ވަރާންއަށްވެސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއްވަނީ ގެއްލިފައެވެ.
ސަންޗޯ، ވަރާން އަދި ކަސެމީރޯ ދޫކޮށްލަން ޔުނައިޓެޑުން ތައްޔާރަށް ތިބިއިރު، ބައެއް ކްލަބުތަކުން އެ ކުޅުންތެރިން ހޯދުމަށްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން ޖެނުއަރީ ޓްރާންސްފާގައި ސްކޮޑް "އޯވަހޯލް" ކުރާނެއެވެ. އެ މަރުހަލާގައި މި ތިން ކުޅުންތެރިން ވިއްކާލުން އެކަށީގެންވެއެވެ.