ads
ނިލަންދޫ ދާއިރާ މެންބަރު އަބްދުލްމުހްސިން ހަމީދު
ނިލަންދޫގައި އެއާޕޯޓެއް އަޅަން އަނެއްކާވެސް ބަޖެޓްކޮށްފި
ފ. އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އަޅަން އަނެއްކާވެސް ބަޖެޓުގައި ހިމަނައިފިއެވެ.

ޕީޕީއެމްގެ ވެރިކަމުގައި މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ނިލަންދޫގައި އެއާޕޯޓް އެޅުމަށް ބަޖެޓް ކުރިއެވެ. އަދި އެއާޕޯޓްގެ މަސައްކަތް ޕީޕީއެމްގެ ވެރިކަމުގައި މީގެ ކުރިން ބަޔަކާ ހަވާލުވެއް ކުރިއެވެ. އެހެންނަމަވެސް އެ މަސައްކަތް ކޮޅެއްގައި ޖެހޭގޮތް މިހާތަނަށްވަނީ ނުވެފައެވެ. އެހެންނަމަވެސް ނިލަންދޫއާ 15 ވަރަކަށް މިނިޓް ދުރުގައި އޮންނަ ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް އިއްޔެ ފޮނުވާފައިވާއިރު، އެ ބަޖެޓުގައި ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް 20 މިލިއަން ބަޖެޓްކޮށްފައިވެއެވެ. ބަޖެޓް ކޮމިޓީން ނިންމާފައިވަނީ 2024 ވަނަ އަހަރު ނިލަންދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ ޕްރޮޖެކްޓަށް 20 މިލިއަން، 2025 ވަނަ އަހަރު 1 މިލިއަން އަދި 2026 ވަނަ އަހަރު އެކަމަށް ބައި މިލިއަން ރުފިޔާ، ޕަބްލިކް ސެކްޓަ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ތެރެއިން ހަރަދު ކުރާށެވެ/

ރައީސް ޔާމީންގެ ވެރިކަމުގައި 2017 އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެ އަހަރަށް ހިންގަން ރާވާފައިވާ ބޮޑެތި 16 މަޝްރޫއުގެ ތެރޭގައި ނިލަންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށް ބިން ހިއްކުމާއި އެކު 170 މިލިއަން ރުފިޔާ ހިމެނި އެވެ. 

އޭގެ ދުވަސްކޮޅެއް ފަހުން 2017 ވަނަ އަހަރު މާރިޗު މަހުގެ ތެރޭގައި ފަސް ރަށެއްގައި އެއާޕޯޓް ހަދަން 57 މިލިއަން ޑޮލަރަށް މެލޭޝިއާ ބަޔަކާ ހަވާލުކުރިއިރު އޭގެ ތެރެއިން އެއް ރަށަކީ ނިލަންދޫ އެވެ. މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ ނިލަންދޫ އެއާޕޯޓް ޕްރޮޖެކްޓް ހަވާލު ކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެއާޕޯޓް ހުޅުވާނެ ކަމަށް ބުނެއެވެ. 

2018 ވަނަ އަހަރަށް އެންމެ މުހިއްމު ހަތަރު އެއާޕޯޓުގެ ތެރޭގައި ނިލަންދޫ އެއާޕޯޓް ހިމެނޭ ކަމަށް ވެސް ރައީސްގެ ފަރާތްޕުޅުން އޭރު ވިދާޅުވިއެވެ. 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް ޔާމީންވަނީ ނިލަންދޫގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވައުދުވެފަ އެވެ. އެހެން ނަމަވެސް ވީނުވީއެއް ނޭނގި ޖެހިގެން އައި އަހަރު، ނުވަތަ ރައީސް ޔާމިންގެ ފަހު ރިޔާސީ ބަޔާނުން ނިލަންދޫ އެއާޕޯޓް ޕްރޮޖެކްޓް ގެއްލުނެވެ.

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް