ads
ކޮޕާ އެމެރިކާގައި މެސީ
ކޮޕާ އެމެރިކާގައި އާޖެންޓީނާއަށް ވަރުގަދަ ގްރޫޕެއް
އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ، ޕެރޫ އަދި ޗިލީއާ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

ކޮޕާ އެމެރިކާގެ ގުރުއަތުލުން އޮތީ ރޭ ފަތިހު އެމެރިކާގެ މިޔާމީގައެވެ. ދިހަ ޓީމު ކުޅޭ، އެމެރިކާ ރީޖަންގެ އެންމެ ބޮޑު މުބާރާތުގައި އާޖެންޓީނާ ލައްވާލާފައިވަނީ ޕެރޫ އަދި ޗިލީ ހިމެނޭހެން ގްރޫޕް އޭގައެވެ. އެ ގްރޫޕުގެ ފަހު ޖާގާއަށް ވާދަކުރާނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާ ކެނެޑާއެވެ.

އަންނަ އަހަރު އެމެރިކާގައި އޮންނަ މި މުބާރާތުގައި ބްރެޒިލް ހިމެނިފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، ކޮލަމްބިއާ، ޕެރަގުއޭ އަދި ކޮސްޓާރިކާ ނުވަތަ ހޮންޑިއުރަސް ކުރެން އެއް ޓީމެވެ.

ގްރޫޕް އޭ

އާޖެންޓީނާ (ސީޑް)

ޕެރޫ

ޗިލީ

ކެނެޑާ/ޓްރިނިޑާޑް އެންޑް ޓޮބަގޯ

ގްރޫޕް ބީ

މެކްސިކޯ (ސީޑް)

އިކުއެޑޯ

ވެނެޒުއެލާ

ޖެމެއިކާ

ގްރޫޕް ސީ

ޔޫއެސްއޭ (ސީޑް)

އުރުގުއޭ

ޕެނަމާ

ބޮލީވިއާ

ގްރޫޕް ޑީ

ބްރެޒިލް (ސީޑް)

ކޮލަމްބިއާ

ޕެރަގުއޭ

ކޮސްޓަރިކާ/ހޮންޑޫރަސް

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް