އެންމެ ފަހުގެ އޮސްޓްރޭލިއަން އޯޕަންގައި ލިބުނު އަނިޔާއަކާ ގުޅިގެން އުމުރުން 37 އަހަރުގެ ނަޑާލް ނުކުޅެއެވެ. ދުނިޔޭގެ އެއް ވަނައިގައި ހުރި ކުރީގެ ކުޅުންތެރިޔާ ވަނީ ޖެނުއަރީ މަހުގެ ބްރިސްބޭން އިންޓަނޭޝަނަލްގައި އެނބުރި އަންނާނެކަން ދާދި ފަހުން ކަށަވަރުކޮށްދީފަ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ ޑިފެންޑިން ޗެމްޕިއަން އަދި ދުނިޔޭގެ އެއްވަނަ ނަންބަރު ނޮވާކް ޖޮކޮވިޗް އެނބުރި އަންނާނީ ރެކޯޑް 11 ވަނަ ފިރިހެން އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންކަން ހޯދުމާއި ޖުމްލަ 25 ވަނަ ގްރޭންޑް ސްލޭމް މޮޅުވުމުގެ އުއްމީދާއެކުއެވެ.
އޮސްޓްރޭލިއަން އޯޕަން އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ފަށާއިރު ނިމޭނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ފިރިހެން ސިންގަލްސް ފައިނަލުންނެވެ.