ads
މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
ގައުމިއްޔަތު އާލާކުރުމަށް ދެ ވަޒީރުންގެ ބައްދަލުވުމެއް
އިސްލާމީ ރިވެތި އަދުބަތައް ދިވެހިންގެ ސަގާފަތުން ބީވަމުންދާތީ، އެ ސިފަތައް އާލާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއެކު މަޝްވަރާކޮށްފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އލީ ސަޢީދުގެ އިސްނެންގެވުމަކަށް އެ ވުޒާރާގައި ބޭއްވުނު ބައްދަލުވުމުގައި އޮއްޓަރު ހުރި ހެޔޮ މަޝްވަރާތަކެއް ދެ ވުޒާރާގެ މެދުގައި ކުރިއަށް ގެންދެވުނު ކަމަށް އެ ވުޒާރާއިން ބުންޏެވެ. 

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރާ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް  އާދަމް ނަސީރު އިބްރާޙީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދެ ވުޒާރާގެ އިސްވެރިންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

އާ ސަރުކާރުންވަނީ ގައުމިއްޔަތު ދިރުވަން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަން ފާހަގަ ކުރައްވައި ރާއްޖޭގައި ދިވެހި ބަހަށާއި އިސްލާމްދީނަށާއި ސަގާފަތާއި އާދަކާދައަށް ދުވަހަކު ނުދޭވަރުގެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި  ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ބަހާއި ތާރީޚާއި ސަގާފަތަށް ޚާއްސަ ވުޒާރާއެއް ފުރަތަމަ ފަހަރަށް އުފައްދަވައިފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް