ads
ޕެރިސް އޮލިމްޕިކްސް
ރަޝިޔާ، ބެލަރޫސްގެ އެތްލީޓުން ވާދަކުރާނީ ނިއުޓްރަލްކޮށް
ޕެރިސް 2024 އޮލިމްޕިކް ގޭމްސް އަށް ކޮލިފައިވާ ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުންނަށް އެ އިވެންޓްގައި ވާދަކުރެވޭނީ ނިއުޓްރަލް ބައިވެރިންގެ ގޮތުގައި ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ކަނޑައަޅައިފިއެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލްގެ މި ނިންމުމާއެކު، ރަޝިޔާ އާއި ބެލަރޫސްގެ އެތްލީޓުންނަށް ގޭމްސްގައި އެމީހުން ގައުމުގެ ދިދައާއި ނިޝާން ނުވަތަ ލަވައެއް ބޭނުމެއް ނުކުރެވޭނެއެވެ. 

ރަޝިޔާ އާއި ބެލަރޫސްގެ އެތްލީޓުންނަށް ވާދަކުރެވޭނީ ނިއުޓްރަލް އެތްލީޓުންގެ ގޮތުގައި ކަމަށް ކަނޑައެޅީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް އަރައި ހިންގި ކަންތައްތަކާ ގުޅިގެންނެވެ. ޔޫކްރޭނުން ވަނީ ގޭމްސް ރަޝިޔާ އާއި ބެލަރޫސްގެ އެތްލީޓުން ވާދަކުރާނަމަ ގޭމްސް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މި ނިންމުން ނިންމާފައި ވަނީ މި ހަފްތާގެ ކުރީކޮޅު ޕެރިހުގައި ނިއުޓްރަލްގެ ގޮތުގައި ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ވާދަކުރުމުގެ ހުއްދަ ދިނުމަށް އޮލިމްޕިކް ސްޕޯޓްސް ފެޑެރޭޝަންތަކުން އައިއޯސީގައި އެދުމުންނެވެ.

ޕެރިސް އޮލިމްޕިކްސް އޮންނާނީ އަންނަ އަހަރުގެ ޖުލައި ފަހުކޮޅުން އޮގަސްޓް ކުރީކޮޅަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް