ads
ދާރުލް އުލޫމް
ދާރުލްއުލޫމް އިމާރާތް ރައްކާތެރިކުރުމަށް ވަޒީރު މަޝްވަރާއަށް
ދާރުލްއުލޫމު އިމާރާތް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މަޖީދިއްޔާ ސުކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
Advertisement

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދާރުލްއުލޫމާއި ކުރިބޯށި އިމާރާތް ދެމެހެއްޓެނިވި ގޮތެއްގައި އާބާތުރަފިލުވައި ބެލެހެއްޓުމަށް މިނިސްޓްރީއާ ސަގާފީ ތަރިކަ ރައްތެރިކުރާ ގައުމީ މަރުކަޒާ މަޖީދިއްޔާ ސްކޫލު ކުރި ގިނަ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަ ދެވުނެވެ. 

މީގެ އިތުރުން މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މައުލޫމާތު އޮޅުންފިލުއްވިއެވެ.

މަޖީދިއްޔާ ސްކޫލްގެ ގޯތިތެރޭގައި ހުރި "ދާރުލް ޢުލޫމް" އަކީ ތާރިހުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބިނާއެކެވެ. އެ އިމާރާތް އެޅުމުގެ މަސައްކަތް ކުރެއްވީ މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 1952ގައެވެ. 

ދާރުލް ޢުލޫމް ހުޅުވާފައިވަނީ ހިޖުރީގޮތުން، 12ރަބީޢުލްއައްވަލް 1382ގައެވެ. 1960އާއި 1970ގެ އަހަރުތަކުގައި ގައުމީ ފެންވަރުގައި ބޭއްވި ބޮޑެތި ގިނަ ހަރަކާތްތައް މި އިމާރާތުގައި ބޭއްވިއެވެ. ރާއްޖޭގައި އޭރު ފޯރީގައި ބާއްވަމުން އައި ރީތީގެ މުބާރާތްވެސް ބާއްވާފައިވަނީ މި ބިނާ ހިމެނޭހެން، މަޖީދިއްޔާ ސްކޫލް ގޯތިތެރޭގައެވެ. އަދި ބޭރުގެ ވަފުދުތަކާއި، ރާއްޖޭގެ އަތޮޅުވެރިންނާއި ބަންދޫބުން ބައިވެރިވެވަޑައިގެން މުހިންމު އިހުތިފާލުތައްވެސް ބޭއްވުމަށް ބޭނުންކުރީ މި އިމާރާތެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރައީސް ކަމުގެ ހުވާ ކުރެއްވީވެސް އެތަނުގަ އެވެ. 

ރާއްޖޭގެ ދެކުނުގައި އުފެދުނު ހަމަނުޖެހުން ނައްތާލެއްވުމަށް ސަރުކާރަށް ބާރުދިން އެއްބަސްވުން "އޯލް ޕޯޓް ނާސިރު އެގްރީމެންޓް" ގައި ސޮއިކުރީ ވެސް އެތާނގަ އެވެ. މީގެ އިތުރުން އެއީ ރާއްޖޭގެ ވަރަށް އިސް ބައެއް ބޭފުޅުންގެ ތައުލީމީ ހަޔާތާ އެ އިމާރާތް ގުޅިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް