ads
ރޮނާލްޑޯ
ރޮނާލްޑޯ ކެރިއަރުގައި 1200 ވަަނަ މެޗުގައި ލަނޑު ޖަހައިފި
ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 1،200 ވަނަ ޕްރޮފެޝަނަލް މެޗު ހަމަކޮށް، އެ މެޗުގައިވެސް ލަނޑު ޖަހައިފިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގެ 1200 ވަނަ މެޗަކީ، ސައުދީ ލީގުގައި ރޭ އަލްރިޔާދާ ދެކޮޅަށް ކުޅުނު މެޗެވެ. މި މެޗުން ހަތަރު ލަނޑު އެއް ލަނޑުން ރޮނާލްޑޯގެ ޓީމު މޮޅުވިއިރު، މެޗު ރޮނާލްޑޯވަނީ ލަނޑެއް ޖަހައި، އަދި އިތުރު ލަނޑަކަށް އެސިސްޓްކޮށްދީފައެވެ. ކެރިއަރުގައި ޕްރޮފެޝަނަލް 1200 މެޗު ކުޅުމަށް ފަހު ރޮނާލްޑޯ ބުނީ، އޭނާ އަދި "ނުނިމޭ" ކަމަށެވެ.

ޕޯޗުގަލްގެ ފޯވާޑް ރޮނާލްޑޯއަކީ، މި ސީޒަނުގައި ކުޅުނު 15 މެޗުގައި 16 ގޯލް ޖަހައިގެން ސައުދީ ޕްރޯ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯގެ ކެރިއަރުގައ 1200 މެޗު ހަމަ ކުރިއިރު، އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮންނަނީ އިންގްލެންޑްގެ ކުރީގެ ކީޕަރު ޕީޓާ ޝިލްޓަން އަތުގައެވެ. އޭނާވަނީ ޕްރޮފެޝަނަލް 1،387 މެޗު ކުޅެފައެޗެ.

ރޮނާލްޑޯ 1200 މެޗަށް ވާސިލްވި ގޮތް

ސްޕޯޓިން - 31 މެޗު

މެންޗެސްޓާ ޔުނައިޓެޑް - 346 މެޗު

ރެއާލް މެޑްރިޑް - 438 މެޗު

ޔުވެންޓަސް - 134 މެޗު

އަލް ނަޞްރު - 46 މެޗު

ޕޯޗުގަލް - 205 މެޗު

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް