ads
ފުވައްމުލަކު ހޮސްޕިޓަލް: ރޭ މެންދަމު ސައިކަލަކާ އެކު ވެއްޓިފައި އޮތްވާ ފެނުނު ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައި - ފޮޓޯ:ސޯޝަލް މީޑިއާ
ފުވައްމުލަކުގައި ސައިކަލަކާ އެކު ވެއްޓިފައި އޮތްވާ ފެނުނު ކުއްޖާގެ ހާލު ސީރިއަސް
ފުވައްމުލައް ސިޓީން ރޭ މެންދަމު ސައިކަލަކާ އެކު ވެއްޓިފައި އޮތްވާ ފެނުނު ކުއްޖާގެ ހާލު ސީރިއަސް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ބުނީ ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖާ ފެނިފައި ވަނީ ރޭ މެންދަމު 3:40 ހާއިރު ފުލުހުން ޕެޓްރޯލް ދަނިކޮށް މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ކަމަށެވެ.

އުމުރުން 14 އަހަރުގެ މި ކުއްޖާ ފެނުމާ އެކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނައިރު، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް