މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން ފިޔާ އެކްސްޕޯޓުކުރުން މެދުކަނޑާލަން ނިންމީ، އަންނަ އަހަރު ބާއްވާ އެ ގައުމުގެ ލޮކް ސަބާ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމުގަ އެވެ.
މިއީ އެ އިންތިހާބާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީ، ބީޖޭޕީއަށް ލިބިދާނެ ގެއްލުމަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
މި ނިންމުމާ އެކުވެސް މިހާރު ފައިސާ ދައްކާފައިވާ ފިޔާގެ ޝިޕްމަންޓުތައް އެކްސްޕޯޓު ކުރެވޭނެ އެވެ. އަދި އެހެން ގައުމަކުން ފިޔާ ހޯދުމަށް އެދިއްޖެނަމަ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން އެކަން ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓު ކުރާ ގައުމުވެސްމެ އެވެ.