ads
ފުވައްމުލައް ސިޓީ - ފޮޓޯ:ވިޒިޓް މޯލްޑިވްސް
ފުވައްމުލަކުގައި ސައިކަލަކާ އެކު ވެއްޓި ހާލު ސީރިއަސްވި ކުއްޖާ މާލެ ގެންދަނީ
ފުވައްމުލައް ސިޓީގައި ރޭ މެންދަމު ސައިކަލަކާ އެކު ވެއްޓި ހާލު ސީރިއަސްވި ކުއްޖާ މާލެ ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވެފައި ވަނީ ރޭ މެންދަމު ސައިކަލަކާ އެކު ކުއްޖަކު ވެއްޓިފައި އޮތްވާ ފެނުނު ކަމަށާއި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއީލް ރަފީގް "ސީއެންއެމް" އަށް ވިދާޅުވީ، ބެލެވޭ ގޮތުގައި އެ ކުއްޖާ ވެއްޓިފައި ވަނީ ފާރެއް ފަދަ ތާކު ޖެހިގެން ކަމަށެވެ. އަދި އެހެން އުޅަނދަކާ ޖެހިފައިވާ ކަމުގެ ނިޝާނެއް ފާހަގަވާން ނެތް ކަމުގައި އޭނާ ވިދާޅުވި އެވެ.

މޭޔަރު ރަފީގް ވިދާޅުވި ގޮތުގައި އެ ހާދިސާގައި އެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމުގަ އެވެ. އެގޮތުން ބައެއް ތަންތަން ބިންދައިގެން ގޮސް، އެތެރެހަށްޓަށްވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.

އެހެންކަމުން އެ ކުއްޖާ ވީ އެންމެ އަވަހަކަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރަފީގް ވިދާޅުވި އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި ސައިކަލަކާ އެކު ވެއްޓިފައި އޮތީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމުގަ އެވެ. އަދި އެ ކުއްޖާ ވެއްޓިފައި އޮއްވާ ފެނިފައި ވަނީ ރޭ މެންދަމު 3:40 ހާއިރު ފުލުހުން ޕެޓްރޯލް ދަނިކޮށް މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ކަމަށާއި އެ ކުއްޖާ ފެނުމާ އެކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް