ads
އާރުޓީއެލް ބަސްތަކެއް - ފޮޓޯ:އެމްޓީސީސީ
އަމީނީ މަގުގެ މަސައްކަތާ އެކު އާރުޓީއެލް ބަހުގެ ދަތުރުތަކަށް ބަދަލުތަކެއް
އަމީނީ މަގުގެ މަސައްކަތާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ އާރުޓީއެލް ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި އެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތާރު އެޅުމަށް ފުޑް ކޯޓް ސަރަހައްދު ބަންދު ކުރުމާ ގުޅިގެން، އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R11 (އަމީނީ ރޫޓް) ގެ ދަތުރުތައް އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމަށް އެޅުމަށްފަހު، މަޖީދީމަގަށް އަޅައިގެން ދަތުރު ކުރާ ގޮތަށް ބަދަލު ގެނެސްފައިވާ ކަަމަށެވެ.

އެ ކުންފުނިން ބުނެފައި ވަނީ R10 (އޯކިޑް ރޫޓް) ގެ ދަތުރުތައް މަޖީދީ މަގުން ގޮސް ވެސްޓް ޕާކު ސްޓޮޕުން އަނބުރާލާ ގޮތަށް ބަދަލުގެނެސް، R1 އަދި R3 ގެ ދަތުރުތައް ފަށާ ސްޓޮޕް ކަމުގަ އާއި R7 ގެ ދަތުރުތަކުގެ މާލޭގެ ފަހު ސްޓޮޕް ކަމުގައި ވާނީ މާފަންނު ބަސް ޓާމިނަލް ކަމަށެވެ.

ބަސް ދަތުރުގެ ހިދުމަތަށް ގެނައި މި ބަދަލާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް