ads
ޖޭޕީން ކުނޫޒްގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޖޭޕީގެ ނައިބު ލީޑަރު ކަމަށް ހަތަރު ބޭފުޅުން ވާދަކުރައްވަނީ
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ހުސްވެފައިވާ ނައިބު ލީޑަރުގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
Advertisement

ހުސްވެފައިވާ ނައިބު ލީޑަރުގެ މަގާމަށް ވާދަ ކުރައްވާނީ ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ އާއި ކުރީގެ މަޖިލިސް މެންބަރު އަދި ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހުގެ އިތުރުން ޖޭޕީގެ ކައުންސިލް މެންބަރު މުހައްމަދު ސައީދެވެ.

ޖޭޕީން ނައިބު ލީޑަރެއްގެ ޖާގައެއް ހުސްވެފައި މިވަނީ އެ ޕާޓީގެ ފަސް ނައިބު ލީޑަރުންގެ ތެރެއިން އިގްބާލް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި، ޖޭޕީގެ ނައިބު ލީޑަރަކު ހޮވުން ކުރިއަށް ދާނީ މާދަމާ މެންދުރުފަހު 2:00 ގައި، މ. ކުނޫޒްގައި ކަމުގަ އެވެ. އަދި ނައިބު ލީޑަރަކު ހޮވުމާ އަދި އެ ޕާޓީގެ ހުސްވެފައިވާ ބައެއް އެހެން މަގާމުތަކަށްވެސް ބޭފުޅުން ހޮވުން މާދަމާ އޮންނާނެ ކަމަށާއި އެ އިންތިހާބުގައި ވޯޓުލާނީ ޖޭޕީގެ ކައުންސިލް މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕާޓީގެ ނައިބު ލީޑަރުންގެ ގޮތުގައި މި ވަގުތު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު ޑރ. އަމީން އިބްރާހިމް އާއި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހުގެ އިތުރުން ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް