ads
މާޒިޔާ އަދި މޯހަން ބަގާންގެ މެޗެއްގެ ތެރެއިން
ބޭކާރު މެޗެއް ކުޅެން މޯހަން ބަގާން އަތުވެއްޖެ
އޭއެފްސީ ކަޕުގައި ކުރިއަށް ދިޔުމަށް، އެއްވެސް މުހިއްމު ކަމެއް ނެތް މެޗެއްގައި މާޒިޔާއާ ދެކޮޅަށް ކުޅުމަށް، އިންޑިޔާގެ މޯހަން ބަގާން މާލެ އަތުވެއްޖެއެވެ.

އިންޑިޔާގެ މޯހަން ބަގާންއާ މާޒިޔާ ކުޅޭ، މުހިއްމު ކަމެއް ނެތް މެޗު އޮންނާނީ ހޯމަ ދުވަހު މެންދުރު ފަހުއެވެ. ހޯމަ ދުވަހުގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، މާޒިޔާއާ މޯހަން ބަގާންއާ ދެ ޓީމުންކުރެ ޓީމަކަށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެ ގޮތެއް ނެތެވެ. 

މި މެޗަށް ނުކުންނައިރު، ދެ ޓީމުވެސް ކަޓާފައިވުމުގެ އިތުރުން މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މާޒިޔާ މުބާރާތް މި އަހަރަށް ނިންމާލާނީވެސް ގްރޫޕުގެ ފުލުގައި އޮވެއެވެ. 

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މާޒިޔާ އަދި މޯހަން ބަގާން ތައްޔާރުވެފައިވާއިރު، މި ދެ ޓީމު އިންޑިޔާގައި ކުޅުނު މެޗުން މޮޅުވީ ފަހު ވަގުތު ޖެހި ލަނޑާއެކު މޯހަން ބަގާންއެވެ. 

މާޒިޔާ ހިމެނޭ ގްރޫޕުން އަނެއް ބުރަށް ދާނީ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް ނުވަތަ އިންޑިޔާގެ އޮޑިޝާ އެފްސީ މި ދެ ޓީމުން ކުރެ ޓީމެކެވެ. ހޯމަ ދުވަހު އެ ދެ ޓީމުވެސް ގްރޫޕް ސްޓޭޖުގައި ކުޅޭ އެންމެ ފަހު މެޗުގައި ވާދަކުރާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް