ads
އަލީ އާދަމް
އަލީ އާދަމް ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް
ވަރިވާން ކޯޓަށް ދިޔަ މީހެއްގެ އަންބަކަށް ގުޅި މައްސަލައިގައި ސުލޫކީ ފިޔަވަޅު އަޅައި ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު މަގާމުން ވަކިކުރަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
Advertisement

އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އަލީ އާދަމް މިހާރު ހުންނެވީ ޑިމޯޓްވެސް ކޮށްފައެވެ.  ޖުޑީޝަރީ ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން، އަލީ އާދަމް ނިންމަށް ޖޭއެސްސީން ނިންމި ނިންމުން އެންޑޯސް ކުރުމަށް ފަހު މިހާރު ވަނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވައިފަ އެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެކަމަށް އެދި ހުށަހެޅުމުން މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފަ އެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް