ads
އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްއާ ހަމައަށް ޓެކްސީ މަޑުކުރެވޭ ގޮތައް ބަދަލު ގެނެސްފައި— ފޮޓޯ: ދައުރު
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ މަޑުކުރެވޭ ގޮތް ހަދަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ މަޑުކުރެވޭ ގޮތައް ބަދަލު ގެންނަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މާލޭ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނީ އެއާޕޯޓް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ މަޑުކުރެވޭ ގޮތައް ބަދަލު ގެންނަން ނިންމާފަވާކަމަށެވެ.

މާދަމާއިން ފެށިގެން މިބަދަލަށް އަމަލުކުރެވެން ފެށިގެން ދާނެކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މީގެ ކުރިން ޓެކްސީތައް މަޑުކުނީ އެއާޕޯޓްގެ އިންޓަނޭޝަނަލް  ޓާމިނަލް ކައިރިއަށެވެ. އެ ސަރަގައްދުން ފެށިގެން ޑޮމެސްޓިކް  ހަމައަށް 150 މީޓަރަށް ވުރެ ދުރަށް ހިނގާފަ ދާންޖެހެއެވެ.

މިބަދަލުތަކާ އެކުވެސް ޓެކްސީ ނަގަން ޖެހޭނީ މިހާރުވެސް  ޓެކްސީ ނަގަން ހާއްސަ ކުރެވިފައިވާ ސަރަހައްދުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް