އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އަދި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑްގެ އެމްޑީގެ ގޮތުގައި މިހާތަނަށް ހުރީ ޝަފާޒް މުހައްމަދެވެ. އޭނާ އެމަޤާމަށް 2019 ވަނަ އަހަރު އައްޔަންކުރި ހުރީ ކުންފުނީގެ ޑީއެމްޑީގެ މަޤާމުގައެވެ. ޝަފާޒް އަންނަނީ އެލައިޑް އުފެދުނު ހިސާބުން ފެށިގެން އެކުންފުނީގައި މަސައްކަތް ކުރަމުންނެވެ.
އަލަށް އެކުލަވާލި އެސްޓީއޯގެ ބޯޑުން އެލައިޑްގެ އެމްޑީއަކަށް އައްޔަންކުރި ލުވެއިޒަކީ އެކުންފުނީގެ މަސައްކަތް ކުރާތާ 21 އަހަރުވެފައިވާ މުވައްޒަފެކެވެ. މިހާތަނަށްް އެކުންފުނީގެ އެމްޑީގެ މަގާމަށް މުޅިންހެވެސް އައްޔަނުކޮށްފައިވަނީ މަގާމުގެ ގޮތުން އޭރުގައި ހުންނަ އެންމެ އިސްމީހެކެވެ.