ads
އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު - ފޮޓޯ:މަޖިލިސް
މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުން މުހިންމު: ސިޔާމް
ދެމެހެއްޓެެނެވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރި އެރުވުމަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުން މުހިންމު ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ސިޔާމް ވިދާޅުވެފައި ވަނީ މަސްވެރިކަމަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ ގަދީމީ މަސައްކަތެއް ކަމަށެވެ. މަސްވެރިކަމަކީ ދިވެހިންގެ އިގުތިސޯދުގެ ލޭނާރު ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. 

ސިޔާމް ވިދާޅުވެފައި ވަނީ މިހާރުވެސް މި ރާއްޖޭގެ ގިނަ އާއިލާތަކުގެ އާމްދަނީ ބިނާވެފައި ވަނީ މަސްވެރިކަމުގެ މައްޗަށް ކަމުން މިފަދަ ދުވަހެއްގައި މަސްވެރިންގެ ޝަކުވާތަކުގެ އަޑުއަހައި، އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް މަސްވެރިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

މިވަގުތު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބާނާ މަސްކޮޅު ކިރުމުގައި ދިމާވާ ދަތިތަކާއި މަހަށް ހަމަ އަގު ނުލިބުންކަން ސިޔާމް ފާހަގަ ކުރެއްވި އެވެ. ދެމެހެއްޓެނެވި ގޮތަކަށް މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ކަންކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް  އޭނާ ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައި، މަސްވެރިކަމުގެ ސިނާއަތު ދެމެހެއްޓުމަށްޓަކައި ކުރައްވަމުން ގެންދަވާ ބިނާކުރަނިވި މަސައްކަތްތައް ފާހަގަކޮށް، ސިޔާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ކަމާ ގުޅުންހުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް