ads
މާޒިޔާގެ ކެޕްޓަން ސަމުއްޓޭ
މާޒިޔާއަށް ވީގޮތް އެހުމުން ސަމުއްޓޭގެ ބަސް ހުއްޓިއްޖެ
ރާއްޖޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންނާއެކު، ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ހިމަނައިގެންވެސް މާޒިޔާއަށް އޭއެފްސީ ކަޕުގައި ނަތީޖާއެއް ނުނެރެވެނީ ކީއްވެތޯ ސުވާލު ކުރުމުން މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ގެ ބަސް ހުއްޓިއްޖެއެވެ.

މި އަހަރުވެސް އޭއެފްސީ ކަޕަށް މާޒިޔާއިން ބޮޑު ހޭދައެއްކޮށް، ރަނގަޅު ފެންވަރަކަށް ތައްޔާރުވިއެވެ. ބިދޭސީ ރަނގަޅު ކުޅުންތެރިންނާއެކު، ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމުގައި ބިދޭސީ މޮޅު ކޯޗެއްވެސް އެބަހުއްޓެވެ. 

އޭއެފްސީ ކަޕުގައި މި އަހަރުގެ ފަހު މެޗަށް މާދަމާ މާޒިޔާ ނުކުންނައިރު، މާދަމާގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މާޒިޔާ ގްރޫޕް ސްޓޭޖު ނިންމާލާނީ، ހަތަރު ކްލަބުގެ ހިމެނޭ ގްރޫޕުގެ އެންމެ ފުލުގައި އޮވެގެންނެވެ.

އޭއެފްސީ ކަޕުގައި މާދަމާ، ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މާޒިޔާ ނުކުންނައިރު، މާޒިޔާއަށް ނަތީޖާ ނުނެރެވޭ ސަބަބާ ގުޅޭ ގޮތުން، ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސީއެންއެމުން މާޒިޔާގެ ކެޕްޓަން ސަމުއްޓޭއާ ސުވާލު ކުރުމުން އޭނާގެ ބަސް ހުއްޓުނީއެވެ.

ސަމުއްޓޭގެ ބަސް ހުއްޓުމުން، އެ ސުވާލަށް ޖަވާބު ދިނީ މާޒިޔާގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) އެވެ. "ލޯކަލް، ވަރުގަދަ ލީގެއް ނެތް، ވާދަވެރި ޓީމުތަކެއް ނެތް، އަބަދު ލީގު ބަދަލުވަނީ، ސިސްޓަމެއްގެ ތެރެއިން ކުރިއަށްދެވޭނެ ހާލަތެއް ނެތް" މިލޯ ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް