ads
މޯހަން ބަގާންގެ ސްޕެއިން ކޯޗު ޖުއާން ފެރާންޑޯ
މޯހަން ބަގާންގެ ކޯޗުވެސް، ސީނިއާ ކުޅުންތެރިއަކުވެސް ނާދޭ
އޭއެފްސީ ކަޕުގައި މާދަމާ މާލޭގައި ކުޅޭ މެޗަށް، އިންޑިޔާގެ މޯހަން ބަގާންގެ ހެޑް ކޯޗުވެސް، އަދި ސީނިއާ ކުޅުންތެރިއަކުވެސް ނާދެއެވެ.

މާލޭގައި މާދަމާ މާޒިޔާއާ މޯހަން ބަގާން ކުޅޭ މެޗު ފަށާނީ މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ. މި މެޗަށް މޯހަން ބަގާން ޓީމު އިއްޔެ މާލެ އައިސްފައިވާއިރު، އެ ޓީމުގައި ހިމެނޭ މުހިއްމު އެއްވެސް ކުޅުންތެރިއެއްވެސް އަދި ޓީމުގެ ކޯޗުވެސް މާލެ ނާދެއެވެ.

މާދަމާގެ މެޗަށް ޓީމުގެ ހެޑްކޯޗާ ސީނިއާ ކުޅުންތެރިން ނާންނަނީ މޯހަން ބަގާން މުބާރާތުން ކަޓާފައިވުމުން، މެޗުގެ މުހިއްމު ކަމެއް ނެތުމުންތޯ ސުވާލު ކުރުމުން އެސިސްޓެންޓް ކޯޗުވަނީ އެހެން ނޫން ކަމަށް ބުނެފައެވެ. އޭނާ ބުނީ، ހެޑް ކޯޗުވެސް އަދި ގިނަ ކުޅުންތެރިންވެސް އުޅެނީ ބަލިވެ ކަމަށެވެ. އެހެންވެ މި މެޗަށް މާލެ ނައީ ކަމަށް އެސިސްޓެންޓް ކޯޗު ބުންޏެވެ.

ހޯމަ ދުވަހު ގަލޮޅު ދަނޑަށް މި ދެ ޓީމު ނުކުންނަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށެވެ. މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މޯހަން ބަގާންއަކަށް އަނެއް ބުރަކަށް ނުދެވޭނެއެވެ. އަނެއްކޮޅުން މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މާޒިޔާއަށް ގްރޫޕުގެ ފުލުންވެސް ނޭރޭނެއެވެ.

މި ގްރޫޕުގައި ކޮންމެ ޓީމެއް ފަސް މެޗު ކުޅެން މިހާތަނަށް މާޒިޔާ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. މޯހަން ބަގާން އޮތީ ހަތް ޕޮއިންޓާއެކު ތިން ވަނާގައެވެ. 

މި ގްރޫޕުން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތީ އެއްވަނާގައިވާ ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާއި އިންޑިޔާގެ އޮޑިއްސާއަށެވެ. ބަޝުންދުރަ އަށް 10 ޕޮއިންޓް ލިބިފައިވާއިރު އޮޑިއްސާއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް