ads
އޮސްކާ ބްރޫޒޯން
އޭއެފްސީ ކަޕް: އޮސްކާގެ ބޮޑު މެޗު- ޕޮއިންޓަކުން ފުދޭ
ކުރިން ރާއްޖޭގައި ނިއުރޭޑިއަންޓާއެކު ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ފަހު ބަންގްލަދޭޝްއަށް ބަދަލުވި އޮސްކާ ބްރޫޒޯން އޭއެފްސީ ކަޕުގައި މިއަދު ކެރިއަރުގެ ބޮޑު މެޗަކަށް ނުކުންނާނެއެވެ.

އިންޑިޔާގެ އޮޑިޝާ އެފްސީއާ ދެކޮޅަށް، އޮޑިޝާގެ ދަނޑުގައި މިއަދު އޮސްކާގެ ބަޝަންދުރާ ކިންގްސް ކުޅޭ މެޗުން އެ ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މަދުވެގެން އެއް ޕޮއިންޓާއެކު ބަޝަންދުރާ ކިންގްސްއަށް ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވޭނެއެވެ. 

މަދުވެގެން ޕޮއިންޓަކުން ދެވަނަ ބުރުގެ ޖާގަ ލިބެން އޮތް އިރު މުޅިން އަލަށް އޭއެފްސީ ކަޕްގައި ވާދަކުރާ އޮޑިޝާ އެފްސީއަށް ދެވަނަ ބުރުުގެ ފުރުސަތު ލިބެން އޮތީ ބަޝަންދުރާ ކިންގްސް ބަލިކޮށްގެންނެވެ. އޮޑިޝާ އެފްސީގެ ކޯޗު، ސާޖިއޯ ލޮބޭރާ ބުނީ މިއަދުގެ މެޗުގައި އޭނާގެ ޓީމަށް ޕްރެޝަރެއް ނެތް ކަމަށާ ނުކުންނާނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި މޮޅުވެ ދެވަނަ ބުރުން ފުރުސަތު ހޯދުމަށް ކަމަށެވެ. 

ބުބަނެޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދުގެ މެޗަށް ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީވެސް އަމިއްލަ ދަނޑުގައި ހޯދާފައިވާ ކާމިޔާބީތަކެވެ. އިންޑިޔާގެ ގަދަ ބާރު މޯހަން ބަގާން އަދި މާޒިޔާގެ މައްޗަށް އެ ޓީމުންވަނީ ހޯމް ސްޓޭޑިއަމްގައި މޮޅު ކުޅުމެއް ކުޅެ މެޗު ކާމިޔާބުކޮށްފައެވެ. 

ގްރޫޕް ޑީގައި މިއަދު އޮޑިޝާއާ ކިންގްސް ކުޅޭއިރު، މާލޭގައި މޯހަން ބަގާންއާ މާޒިޔާވެސް ކުޅޭނެއެވެ. މި ގްރޫޕުގެ އެއްވަނައިގަ ބަޝަންދުރާ ކިންގްސް އޮތީ، ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ކިންގްސް ބަލިވީ މާލޭގައި މާޒިޔާ އަތުންނެވެ. ގްރޫޕުގެ ދެވަނައިގަ އޮޑިޝާ އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގަ މޯހަން ބަގާންއަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި މާޒިޔާ އޮތީ ތިން ޕޮއިންޓާއެކުއެވެ. ބަޝަންދުރާ އަތުން މޮޅުވި މެޗުގެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މާޒިޔާ ވީ ބައްުޔެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް