ޖޭއެސްސީން ބުނީ މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވަނަދުވަހުގެ 12:00 ގެ ކުރިން ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ނަން ހުށައަޅަންޖެހޭނީ ކޮމިޝަންގެ ފަހިރެސް ޕޯޓަލް https://apply.jsc.gov.mv މެދުވެރިކޮށްކަމަށެވެ.
މެޖިސްޓްރޭޓާއި އިސް މެޖިސްޓްރޭޓްގެ އަސާސީ މުސާރައަކީ 21000 ރުފިޔާއެވެ. މީގެއިތުރުން ލިވިން އެލަވަންސާއި، މެޑިކަލް އެލަވަންސާއި، ފޯން އެލަވަންސް މަޖިލީހުން ކަނޑައަޅާ އުސޫލަކުން ލިބޭނެކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
އިސް މެޖިސްޓްރޭޓުން ބޭނުންވާ ރަށްތައް
މެޖިސްޓްރޭޓުން ހޯދާ ރަށްތައް
މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ޝަރުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮލަމާ އޮތުން ހިމެނެއެވެ. މީގެއިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަން ކުރުމުގައި ނުވަތަ މި އެ ދެކަން ކުރުމުގައި ނުވަތަ ޝަރުއީ ކޯޓެއްގައި ލީގަލް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުންވެސް ހިމެނެއެވެ.