ads
އެމްއެމްއޭ: ޓެސްޓްކުރުމުގެ މަރުހަލާއަށް ފަހު ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކުން ވަނީ ފަވަރަ އާ ގުޅިފައި - ފޮޓޯ:އަވަސް
ފަވަރައިގެ ހިދުމަތް ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކުން
ޓެސްޓްކުރުމުގެ މަރުހަލާއަށް ފަހު ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)، "ފަވަރަ" އާ ގުޅިއްޖެ އެވެ.

އެމްއެމްއޭއިން މިއަދު ބުނީ ރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެ އޮތޯރިޓީން ކުރިއަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކޮށްފައިވާ އައިޕީއެސްގައި ބީއޯސީ އާއި އެމްސީބީން ބައިވެރިވެފައިވާ ކަމަށެވެ.

ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކުން ވަނީ ފަވަރަ އާ ގުޅުމަށް ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް، ޕައިލެޓް ޓެސްޓިން ނިންމާފައި ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެ އޮތޯރިޓީން ބުނެފައި ވަނީ މިއަދުން ފެށިގެން އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން ފަވަރައިގެ އެންމެހާ ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކުން ފަވަރަ އާ ގުޅުމަށް 'ޕާޓިސިޕޭޝަން އެގްރިމެންޓް' ގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ ދެ ބޭންކުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިމެނޭހެން ޖުމްލަ ފަސް ބޭންކެއް މެދުވެރިކޮށް ފަވަރައިގެ ހިދުމަތްތައް މިހާރު ލިބެމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ފަވަރައިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ފަވަރަ އައިޑީއިން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީއެއް ބޭނުންކޮށްގެން ފަސޭހަކަމާ އެކު އެކަކު އަނެކަކަށް ފައިސާ ފޮނުވާލުމުގެ މަގުފަހިކޮށްދޭ ކަމުގަ އެވެ. އަދި ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަން ޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވޭ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނެފައި ވަނީ މި ސިސްޓަމްގެ ދެވަނަ ފިޔަވަހި ތައާރަފުކުރާއިރު، ފަވަރައަށް ހާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް އީ-ވޮލެޓްތައް ބޭނުންކޮށްގެން ހިދުމަތްތައް ހޯދޭނެ ކަމަށެވެ. އެގޮތުން މިހާރު އީ-ވޮލެޓްތަކުގެ ހިދުމަތް ދެމުން އަންނަ އުރީދޫ އާއި ދިރާގާ އެކު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް