ads
އުރީދޫ މޯލްޑިވްސް އާއި މައިކްރޮސޮފްޓާ ގުޅިގެން ވިޔަފާރިތަކަށް ބޭނުންވާ ޕްރޮޑަކްޓިވިޓީ ޓޫލްސް އާއެކު މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:ފާތިމަތު ރީމް
އުރީދޫން މައިކްރޮސޮފްޓް އާއެކު ވިޔަފާރިތަކަށް މޮޑާން ވޯކްޕްލޭސް
މައިކްރޮސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތައް މިއަދު ތައާރަފުކޮށްފި އެވެ.
Advertisement

އުރީދޫ ގްރޫޕުން މައިކްރޮސޮފްޓާ އެކު ކުރިއަށްގެންދާ ހަރުދަނާ ޕާޓްނަޝިޕްގެ ބޭނުން ހިފައި، އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސްގެ އޮފާއަކީ ހަރަދުކުޑަ ގޮތެއްގައި ވިޔަފާރިތައް ހިންގުމަށް ކުރަން ޖެހޭ މުއާމަލާތްތަކާއި މަސައްކަތްތައް ސްޓްރީމްލައިން ކުރެވޭ އެންޓަޕްރައިޒް ގްރޭޑްގެ ޕްރޮޑަކްޓިވިޓީ ޓޫލްސްގެ ފުރިހަމަ ސުއިޓެކެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ އުރީދޫގެ ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުޖުތަމައުތަކުގެ ދިރިއުޅުން އަޕްގްރޭޑްކޮށް އާ ފުރުސަތުތަކާ ގުޅުވާލަދިނުމަށް. މައިކްރޮސޮފްޓާ އެކު ވެފައިވާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ޕާޓްނަޝިޕެއް. މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެ،" - އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ

އުރީދޫން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މަސައްކަތްތަކާއި މުއާމަލާތްތައް ފަސޭހަކަމާ އެކު ޑިޖިޓަލް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ. މި އޮފާ އާއެކު ބިޒްނަސް އީމެއިލް، ކޯލަބްރޭޝަން ޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި އިތުބާރު ހިފޭ ކްލައުޑް ސޮލިއުޝަންތައް ހިމެނޭ ގޮތަށް ވިޔަފާރީގެ ހުރިހާ ބޭނުންތަކަށް އެއްތަނަކުން ހައްލެއް ލިބިގެންދާނެ އެވެ. މި ޕާޓްނާޝިޕްގެ ދަށުން ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗާތަކާއި 24 ގަޑިއިރުގެ ސަޕޯޓް ދިވެހި ބަހުން ލިބިގެންދާނެ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ގިނަ ޑިވައިސްތަކަކުން މުވާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތަކަށް ދުރުގައި ތިބި ނަމަވެސް ފަސޭހަކަމާ އެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވޭނެ އެވެ. އަދި ކްލައުޑްގެ މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެފަހުގެ އަޕްޑޭޓްތައްވެސް ވިޔަފާރިތަކަށް ލިބިގެންދާނެ އެވެ.

"މައިކްރޮސޮފް ޓާއެކު އަޅުގަނޑުމެންގެ މި ޕާޓްނާޝިޕަކީ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއް. އުރީދޫގެ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތްތަކާ އެކު މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮސެސްތަކާއި ކޯލަބްރޭޝަން އިތުރަށް ސްޓްރީމްލައިން ކުރެވި އިތުރަށް ހަރުދަނާވެގެން ދާނެ. 24 ގަޑިއިރުގެ ސަޕޯޓާއި ވަރުގަދަ ސެކިއުރިޓީ ފީޗާސްތަކާ އެކު ލިބޭ މި ހިދުމަތް އުރީދޫ މެދުވެރިކޮށް ނަންގަވާ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ޕޭމަންޓް އޮޕްޝަންތައް ފަދަ ފައިދާތައް ލިބިގެން ދާނެ،" - އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ

މި ޕާޓްނާޝިޕާ އެކު އުރީދޫ މޯލްޑިވްސްގެ ސަބަބުން ލައިސަންސް ކޮމްޕްލަޔަންސް މައްސަލަތަކާއި އިންސްޓޯލްމަންޓާ މެދު ކަންބޮޑުވުމެއް ނެތި މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސްގެ ފައިދާތައް ލިބިގެންދެ އެވެ. މައިކްރޮސޮފްޓްގެ މެއިން ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މެދުވެރިކޮށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސްގެ ހިދުމަތްތައް ހޯދުމަށް ހިޔާރުކުރާ ވިޔަފާރިތަކަށް ޕަ-ޔޫޒަ މަންތްލީ ސަބްސްކްރިޕްޝަނެއް ހެޔޮއަގުގައި ލިބިގެންދާއިރު ދިވެހި ރުފިޔާއިން ފައިސާ ލޯކަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށްވެސް ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކުން ފަދަ ފައިދާތަކާ އެކު އިތުރަށް ހަރަދު ކުޑަވެގެންދާނެ އެވެ.

އުރީދޫ އާއި މައިކްރޮސޮފްޓްގެ މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ހަރަދުކުޑަ ހައްލެއް ލިބިގެންދާއިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ފަސޭހަކޮށްދީ، ވިޔަފާރިތައް ކުރިއެރުމަށްވެސް މަގުފަހިކޮށްދެ އެވެ. އުރީދޫން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންގެ އިތުރު މައުލޫމާތު ހޯދުމަށް ވިޔަފާރިތަކުން [email protected] އަށް މެއިލްކޮށްލާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް