ads
ވޯޓުލާ މަރުކަޒެއްގެ އެތެރެރެ: ފޮޓޯ އީސީ
ހަތަރު ބައި-އިލެކްޝަނެއް މި މަހުގެ 16 ގައި، ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި
ތިން ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއެއް ހިމެނޭހެން، ހަތަރު ބައި-އިލެކްޝަނެއް މި ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މި މަހުގެ 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އީސީން ހަމަޖައްސާފައި ވަނީ ހއ. ކެލާ، ނ. މާފަރާއި އދ. ހަންޏާމީދޫ ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ އިތުރުން ނ. މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

މި ބައި-އިލެކްޝަންތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އެ ކޮމިޝަނުން ވަނީ މިހާރު އާންމުކޮށްފަ އެވެ. އީސީން އާންމުކޮށްފައިވާ ލިސްޓުތައް ދައްކާ ގޮތުގައި، މި ހަތަރު ބައި އިލެކްޝަނުގައި ޖުމްލަ 3،144 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އެ ކޮމިޝަނުން މި ބައި-އިލެކްޝަންތައް ބާއްވަން ނިންމާފައިވަނީ އެ މަގާމު ތަކުގައި ތިބި މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އީސީން މައުލޫމާތުދެ އެވެ.

އީސީން ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ، އެ އިންތިހާބެއް އޮންނަ ތާރީހަށް 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް