ads
ރައްޔިތުންގެ މަޖިލިސް
ކުރީގެ ސަރުކާރާ ގުޅޭ ތުހުމަތުތައް ބަލަން އިންކުއަރީއެއް ހަދަން ފާސްކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ބަލައި، އެކަންކަން ރައްޔިތުންނަށް ހާމަކުރުމަށްޓަކައި ޕަބްލިކް އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްމުގުނީ ހުށަހެޅުއްވި މި ގަރާރު ވަނީ ވޯޓުގައި ބައިވެރިވި 53 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ. 

މި ގަރާރުގައި ބުނި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކުގެ އިތުރުން، ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރު ކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ކަމުގަ އެވެ.

އެހެންކަމުން މި ތުހުމަތުތަކާ ގުޅިގެން ރައްޔިތުން އެކަންކަމާ ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ތެދު ދޮގު ހާމަކުރުމަށް ގޮވާލަމުން ދާތީ، ރައްޔިތުންނަށް އެ ކަންތައްތަކުގެ ހަގީގަތް ހާމަކުރުމަށާއި ރާއްޖޭގެ ހަމަޖެހުމަށާއި މަސްލަހަތު ހިމާޔަތްކުރުމަށް މިއީ މުހިންމު ކަމެއްގެ ގޮތުގައި އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މެމްބަރު މުގުނީ ހުޅަހެޅުއްވި މި ގަރާރުގައި ތަހުގީގު ކޮށްދިނުމަށް އެދިފައިވަނީ ރާއްޖޭގައި ހަތިޔާރާ އެކު ތިބި ކަމަށް ބުނާ އެތައް ހާސް ސިފައިންނާއި ޗާގޯސް މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް ގޮތް ނިންމިކަމުގެ ތުހުމަތުގެ އިތުރުން ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނާ ވާހަކަތައް ފަދަ ކަންކަމެވެ.

މި ގަރާރު ފާސްވުމާއެކު، އެ މައްސަލަ މަޖިލިހުގެ ގަވާއިދުގެ 97 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ވަނީ ނިންމަވާފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް