ads
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ ތެރެއިން - ފޮޓޯ:ވަގުތު
މާލީ ބަޔާން މިންގަނޑަށް ނުފެތޭ 5 ރިޔާސީ ކެންޑިޑޭޓަކަށް ފިޔަވަޅު އަޅަނީ
މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓެއްގެ މާލީ ބަޔާން ގާނޫނުގައި ބުނާ މިންގަނޑުތަކަށް ނުފެތޭތީވެ، އެ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ އީސީން މިއަދު ބޭއްވި ޖަލްސާއެއްގައި ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ފަސް ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށްވެސް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

އެ ކެންޑިޑޭޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން އީސީން ނިންމި ނަމަވެސް، އެއީ ކޮން ކެންޑިޑޭޓުންނެއް ކަމެއް ހަބީބު ހާމައެއް ނުކުރައްވަ އެވެ.

ފަސް ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅަން ނިންމާފައިވާއިރު، އެކަމާ ބެހޭ އިތުރު ތަފްސީލު މިއަދު އީސީން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފަ އެވެ. ދެވަނަ ބުރަކަށް ދާން ޖެހުނު މި އިންތިހާބު، 54 އިންސައްތަ ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވަ އެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް