ads
މާޒިޔާގެ ކުޅުންތެރިން
އޭއެފްސީ ކަޕް: މޮޅުވިޔަސް މާޒިޔާ ނިންމާލީ ގްރޫޕުގެ ފުލުން
އޭއެފްސީ ކަޕްގެ ފަހު މެޗުގައި އިންޑިޔާގެ ގަދަ ބާރު މޯހަން ބަގާން ބަލިކޮށް، މާޒިޔާއިން މި އަހަރުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފިއެވެ.

ގްރޫޕް ސްޓޭޖުގައި ފަހު މެޗުގައި މާލޭގައި މާޒިޔާ މިއަދު މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. ފުރަތަމަ މެޗުންވެސް މާޒިޔާ މޮޅުވިއެވެ. އެކަމަކު މެދަށް އައި ހަތަރު މެޗުން ބަލިވެ މާޒިޔާ މުބާރާތް ނިންމާލާނީ ގްރޫޕްގެ ފުލުގައި އޮވެއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭރިއާގެ ބޭރުން ހަންނަ އަށް ލިބުނު ބޯޅަ އޭނާ ވަނީ ކޮންޓްރޯލް ކޮށްލާފައި ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

އެއްވަނައިގައި އޮތީ 10 ޕޮއިންޓް ހޯދާފައިވާ ބަޝުންދަރާ ކިންގްސް އެވެ. ދެވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދާފައިވާ އިންޑިއާގެ އޮޑީޝާ އެފްސީ އެވެ. މި ގުރޫޕުން އަނެއް ބުރަށް ދާނީ މިރޭ ބަޝުންދަރާ އާއި އޮޑީޝާ ބައްދަލުކުރާ މެޗަށް ފަހު އެއްވަނައިގައި އޮންނަ ޓީމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް