ads
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ ތެރެއިން - ފޮޓޯ:ވަގުތު
އުމަރު، ނާޒިމް،ފާރިސް، ޒަމީލް އަދި އިލްޔާސް ޖޫރިމަނާކޮށްފި
ފުރިހަމަ ނުވާ މާލީ ބަަޔާން ހުށައަޅާފައިވާތީ އުމަރު ނަސީރް، ފާރިސް މައުމޫން، މުހައްމަދު ނަޒީމް، އިލްޔާސް ލަބީބްގެ އިތުރުން ހަސަން ޒަމީލް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުކޮށް މާލީ ބަޔާން ހުށައަޅާފައިވާތީ މިއިން ކޮންމެ ބޭފުޅަކު 20،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރި މި 5 ކެންޑިޑޭޓުންގެ އިތުރުން އެ ކެނޑިޑޭޓުންގެ ކެމްޕެއިން މެނޭޖަރުންވެސް އީސީން ވަނީ ޖޫރިމަނާކޮށްފައެވެ، ކޮންމެ މެނޭޖަރެއް ޖޫރިމަނާކޮށްފައިވަނީ 6000 ރުފިޔާއިންނެވެ. 

އިލެކްޝަން ކޮމިޝަނުން ބުނީ ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރަން ޖެހޭނެކަމަށެވެ.

އީސީން ބުނީ ގާނޫނުގައި ބުނާ ގޮތަށް ފުރިހަމަ ނުވާ މާލީ ބަޔާން ހުށައެޅި ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައިކަމަށެވެ. 

އިންތިހާބުގައި ދެން ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް މާލީ ބަޔާންތައް ގާނޫނަށް ފެތޭކަމަށްވެސް އިސީން ވަނީ ބުނެފައެވެ.

އިންތިހާބުތަކާއި ބޭހޭ ޤާނޫނު ބުނާގޮތުން ކޮންމެ ކެންޑިޑޭޓަކުވެސް އިންތިހާބަށް ހަރަދުކުރުމަށް ވަކި އެކައުންޓެއް ހުޅުވަންޖެހެއެވެ. އަދި މި އެކައުންޓް މެދުވެރިކޮށް ކުރާ ހުރިހާ ހަރަދެއްގެ ތަފްސީލު ބަލަހައްޓަން ޖެހޭނީ އެ ކެންޑިޑޭޓަކު ނޫނީ އޭނާގެ އިންތިހާބީ ރަސްމީ އެޖެންޓްއެވެ. 

ޤާނޫނު ބުނާގޮތުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހަރަދުކުރެވޭނީ ވޯޓްދެވޭ ކޮންމެ މީހަކަށް 2000 ރުފިޔާއެވެ. ނިމުނު ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލާއިރު ކޮންމެ ކެންޑިޑޭޓަކަށްވެސް އެ އިންތިހާބަށް ހަރަދުކުރެވޭނީ 5.6 މިލިއަން ރުފިޔާއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް