ads
ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް
މުހައްމަދު އިސްމާއިލް ވިލިމާލެ ދާއިރާއަށް ވާދަކުރަނީ
ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަންނަ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރާކަން އިއުލާންކޮށްފިއެވެ.
Advertisement

 18 ވަނަ މަޖލީހުގައި ހޯރަފުށީ ދާއިރާގެ މެމްބަރުކަންވެސް ކުރެއްވި މުހައްމަދު އިސްމާއިލް ބުނީ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބޭނެކަމަށް އުއްމީދު ކުރާކަމަށެވެ. 

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލެސިޓީ ވިލިމާލެ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާާއެކު އެދެމެވެ. މުހައްމަދު އިސްމާއިލްގެ ޕޯސްޓްގައިވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް އޭރުގެ ޓްއަރިޒަމް މިނިސްޓަރ އަހްމަދު އަދީބު ހިޔާނަތްތެރިވެ އެ ފައިސާ އެކި ކަންކަމުގައި މަޖިލީހުގެ މެމްބަރުންނަށް ބެހުމަށް ފައިސާ ގޯނި ހިފައިގެން މެމްބަރުން ކައިރިޔަށް ދިޔަކަމަށް 18 ވަނަ ރައްޔިތުން މަޖިލީހުގައި މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އަދި އޭރު ފުލުހުން އެ މައްސަލަ ބަލަން ފެށިނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

މީގެއިތުރުން މިދިޔަ ވެރިކަމުގައިވެސް ދެ ފަހަރެއްގެ މަތިން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައި ވެއެވެ. ޢެއް ފަހަރު ހައްޔަރުކުރީ އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުގައެވެ. އަދި އެކަމަށް އޭނާ ފައިސާ ހަރަދުކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

your imageޔޯގާ ހަރަކާތާއި ދެކޮޅަށް ބޭނުންކުރި ދިދަތައް ޕީޕީއެމް އޮފީހުން ނެރެނީ

އޭގެ ފަހުން ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓެއް ކުރިއަށް ދަނިކޮށް، ޕީޕީއެމްގެ އޮފީހުން ދިދަތަކެއް ނެރިގެން ގޮސް ހިންގި ހަމަނުޖެހުންތަކށައި ގުޅިގެންވެސް މުހައްމަދު އިސްމާއިލް ހައްޔަރުކުރި އެވެ. އަދި އެ ފަހަރު އޭނާގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން ކޯޓުން އިތުރުވެސް ކޮށްދިނެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނަތާއި ގުޅިގެން ވ، އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ޔާމީންގެ ހެކިވެރިއެއްގެ ގޮތުގައި މުހައްމަދު އިސްމާއިލް ވަނީ ހެކިބަސް ދީފައެވެ. އޭނާ ހެކިބަސް ދެމުން ބުނީ އެ މައްސަލާގައި ޔާމީނަށް ލިބުނުކަމަށް ބުނާ އެއް މިލިއަންޑޮލަރު ޔޫސުފް ނައީމްގެ އަތުން ގަނެވޭނެ ގޮތް ރައީސް  ޔާމީނަށް ހަމަޖައްސައި ދިނީ  އޭނާކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް