ads
އޮޑިޝާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު
އޭއެފްސީ ކަޕް: ބަޝަންދުރާ ކަޓުވާލައި އޮޑިޝާ ދެވަނަ ބުރަށް
އޭއެފްސީ ކަޕް ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެން މުބާރާތުގެ ދެވަނަ ބުރުން އިންޑިޔާގެ އޮޑިޝާ އެފްސީ ފުރުސަތު ހޯދައިފިއެވެ.

އޮޑިޝާ ގްރޫޕުގެ އެއްވަނަ ހޯދީ މިރޭ އަމިއްލަ ދަނޑުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް ބަލިކޮށްގެންނެވެ. ބަޝަންދުރާ އަތުން އޮޑިޝާ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. 

މެޗު އެއްވަރުކޮށްލައިގެންވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތް ބަޝަންދުރާ، މި މެޗުން ބަލިވުމުން އެ ޓީމަށް ލިބުނީ ދެވަނަ އެވެ. ގްރޫޕްގެ އެއްވަނަ އޮޑިޝާ ހޯދީ ކުޅުނު ހަ މެޗުގެ ތެރެއިން ހަަތަރު މެޗުން މޮޅުވެގެން 12 ޕޮއިންޓާއެކުއެވެ. އޮޑިޝާ ބަލިވީ ފުރަތަމަ ދެ މެޗުންނެވެ. ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވީއެވެ. އޭގެ ތެރޭގައި ހިމެނެނީ މިރޭ ބަޝަންދުރާ އަތުން މޮޅުވި މެޗާ، އަމިއްލަ ދަނޑުގައި މޯހަން ބަގާން އަތުން މޮޅުވި މެޗާ އަދި މާޒިޔާ އަތުން މޮޅުވި ދެ މެޗެވެ. 

ގްރޫޕް ޑީގެ ކުޅުން މިރޭ ނިމުނު އިރު މާޒިޔާ ދިޔައީ ފުލަށެވެ. ހަ މެޗުން މާޒިޔާއަށް ލިބުނީ ހަ ޕޮއިންޓެވެ. ގްރޫޕުގެ ތިންވަނައަށް ދިޔައީ މޯހަން ބަގާންއެވެ. އެ މީހުންނަށް ލިބުނީ ހަތް ޕޮއިންޓެވެ. 

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައި އިންޓަޒޯނަލް ސެމީ ފައިނަލަށް އޮޑިޝާ މިރޭ ދަތުރުކުރިއިރު، މިއީ އެ ޓީމުން އޭއެފްސީ ކަޕުގައި ކުޅޭ ފުރަތަަމަ ފަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް